19 Aug 2019, 09:42
ޑައިވިންއަށް ފޭބުމަށްފަހު ހަބަރެއް ނުވެގެން ހޯދަމުން އަންނަ ފަތުރުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ މެންދުރު އެވެ.
އެމްއެންޑީއެފުން ބުނީ، 'އޯސީއޭ އެމް ސެވަން އެސް' ނަމަކަށް ކިޔާ ސަފާރީ އަކުން ކަނޑުމާ ތިލައަށް ޑައިވިނަށް ފޭބި 22 ފަތުރުވެރިންގެ ތެރެއިން އަންހެން ފަތުރުވެރިއެއްގް ހަބަރު ނުވެގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ މެންދުރު 1:09 ގައި ކަމަށެވެ.
ޑައިވިނަށް ފޭބި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޯސްޓް ގާޑް ސްކޮޑަރުންގެ ޑައިވަރުންނެވެ.
މީގެ ކުރިން ވެސް ޑައިވިނަށް ފައިބާ ފަތުރުވެރިން މަދުން ނަމަވެސް ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކުރެއެވެ. އަދި އޭގެ ތެރެއިން ބައެއް ފަތުރުވެރިން ދިރިހުއްޓާ ފެންމަތިން ފެނިފައިވާއިރު ބެއް ފަތުރުވެރިން ވީ ނުވީއެއް ނޭންގި ގެއްލިފައި ވެސް ވެއެވެ.