18 Aug 2019, 20:56
ކ. މާފުށި ކައިރިން ދެ ފަތުރުވެރިއަކު ކެނޯއެއްގައި އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.
އެ ދެ ފަތުރުވެރިން އޮޔާ ގޮސްފައި ވަނީ މާފުށި އިރު ދެކުނު ފަރާތުން ބޭރަށް ކެނޫގައި ފައިބައިގެން އުޅެނިކޮށެވެ.

އޮޔާ ދިޔަ ދެ ފަތުރުވެރިން ސަލާމަތްކޮށްގެން ޑިންގީގައި އަނބުރާ ގެންނަނީ ---
ފުލުހުން ބުނި ގޮތުގައި އެ ދެ ފަތުރުވެރިން ސަލާމަތް ކުރީ އެ މީހުން އޮޔާ ދާ ކަމުގެ މައުލޫމާތު ލިބިގެން މާފުށީ ފުލުސް ސްޓޭޝަނުގެ ފުލުހުން ޑިންގީއެއްގައި ގޮސް ކަމަށެވެ.
އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.