18 Aug 2019, 19:52
މިނިމަމް ވޭޖު ބިލު އަވަސް ކުރަން ގޮވާލައި ހއ. ދިއްދޫގައި އެއްވުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު ދިއްދޫ ސްޓޭޖު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި އެއްވުން އިންތިޒާމު ކުރީ އެ ރަށުގެ ޒުވާނުންނެވެ.
ދިއްދޫ ކައިރީގައި އޮންނަ ރިސޯޓުތަކުގެ މުވައްޒަފުންވެސް މި އެއްވުމުގައި ބައިވެރިވެ ޝުއޫރު ފާޅު ކުރި އެވެ.
"އަޅުގަނޑުމެން މި ގޮވާލީ، ހއ. އަތޮޅުގެ ފަސް މެމްބަރުންނަށް މި ބިލު އަވަސްކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅަން،" އެއްވުން އިންތިޒާމު ކުރުމުގައި އުޅުނު މީހަކު ބުންޏެވެ.

މިނިމަމް ވޭޖު ކަނޑައެޅުން އަވަސް ކުރަން ގޮވާލައި ދިއްދޫގައި ބޭއްވި އެއްވުން --
އެއްވުމުގެ ބައިވެރިން ވަނީ އެ މީހުންގެ ގޮވާލުންތައް ލައުޑްސްޕީކަރުން އިއްވައިފައެވެ. އަދި ބައެއް ބައިވެރިން ވަނީ ޕޯސްޓަރުތަކުން ޝުއޫރު ފާޅުކޮށްފައެވެ.
"ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުން ނުފުދޭ. އަމަލުން ދައްކާ" އަދި "އެޖެންޑާ 19ގައި ވާ ގޮތުގެ މަތިން މިނިމަމް ވޭޖު އަވަސް ކުރޭ" ފަދަ މެސެޖުތައް ޕޯސްޓަރުތަކުގައި ލިޔެފައި ހުއްޓެވެ.

މިނިމަމް ވޭޖު ކަނޑައެޅުން އަވަސް ކުރަން ގޮވާލައި ދިއްދޫގައި ބޭއްވި އެއްވުން --
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ މިނިމަމް ވޭޖު ބޯޑު އެކުލަވާލައިފައެވެ.