ސާކް ސަމިޓުގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އައްޑޫ ސިޓީއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ. ރައީސް ދެން މާލެ ވަޑައިގަންނަވާނީ ސާކް ސަމިޓް ނިމުމުންނެވެ.

އައްޑުއަށް ފުރައިވަޑައިގަތުމުގެ ކުރިން ރައީސް ވިދާޅުވީ ސާކްސަމިޓަށް ތައްޔާރުވުމުގެ މަސައްކަތް ފެށުނު ހިސާބުން ފެށިގެން ކަންކަން ހިނގަމުންދިޔަ ގޮތް އެމަނިކުފާނު ބައްލަވަމުން ގެންދެވާ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި ސާކްސަމިޓުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވައި އެކިއެކި ކަންކަން ކުރުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވެދެއްވެން އޮތް އެހީތެރިކަން ވެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.