މަރުވެގެން މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންދިޔަ މީހެއްގެ މަރާ މެދު ޝައްކު އުފެދިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު 6:25 އެހާކަންހާއިރު އެމްބިއުލާންސަކަށް އަރުވައިގެން ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މީހާ އަކީ، 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުންޏެވެ. އަދި އެ މީހާގެ މަރާ ބެހޭ ގޮތުން މިހާރު ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.