ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ސައިކަލެއް ދުވައްވަނިކޮށް ފިރިހިނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، 22 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ އިރުއޮއްސި 6:28 އެހާކަންހާއިރު އެވެ.

ވަގަށް ނެގި ސައިކަލާ އެކު ބުރުޒުމަގުން ދުވާފައިދަނިކޮށް އޭނާ ހުއްޓުވުމަށް ފަހު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ސައިކަލު މިހާރު ސައިކަލުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންނެވެ. ބާވީސް އަހަރުގެ ފިރިހެން މީހާ ވަގަށް ނެގީ ކޮން ކަހަލަ ސައިކަލެއް ކަމެއް އަދި މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

އީދު ބަންދާ ދިމާކޮށް، ނިމިގެން މިދާ ހަފްތާގައި ގިނަ ވައްކަމާ ފޭރުން ވަނީ އިތުރުވެފަ އެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހު މިހާތަނަށް ވައްކަމުގެ 210 މައްސަލައެއް އަދި ފޭރުމުގެ 21 މައްސަލައެއް ފުލުހުންގެ އިދާރާއަށް ވަނީ ހުށަހެޅިފަ އެވެ.