17 Aug 2019, 15:56
ށ. ފަރުކޮޅުގައި ބަނގުރާ ބޭނުންކޮށްގެއް އުޅެނިކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ބަނގުރާ ބޭނުންކޮށް މަސްތުވެގެން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު 12:15 ގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.