16 Aug 2019, 14:46
އދ. މަހިބަދޫގައި ގެއަކުން ވަގަށް ނެގި ފައިސާތައް ހޯދައި ވައްކަން ކުރި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރު 5:46 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓް ކުރިތާ ހަތް ގަޑިއިރާ 30 މިނެޓް ތެރޭ ވަގަށް ނެގި ފައިސާތައް ހޯދި ކަމަށެވެ. އޭގެ ތެރޭގައި 46،000 ރުފިޔާ އަދި 84 ޔޫއެސް ޑޮލަރު ހިމެނޭކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.