16 Aug 2019, 09:01
ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ ސައިކަލަށް ގެއްލުންދިން މައްސަލައިގައި 25 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 12:15 އެހާކަށް ހާއިރު އދ. މަހިބަދޫ އިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ "ސަން" އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.