15 Aug 2019, 22:59
ތައުލީމީ މަންހަޖުގައި ހުރި މައްސަލަތައް ދެނެ އެ މަންހަޖު މުރާޖާކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރިކިއުލަމް މުރާޖާ ކުރުމަށް އެހީތެރިވުމުގެ ގޮތުން މި ފެށޭ ހަފްތާގައި ކެމްބްރިޖްގެ ކޮންސަލްޓަންޓުންގެ ޓީމެއ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
" ކެމްބްރިޖްގް ކޮންސަލްޓަންޓުން ވަޑައިގެން ނެޝަނަލް އިންސްޓްޓިއުޝަން އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ބޭފުޅުންނަށް ޓްރެއިނިން ދީ ދެ ދުވަހުގެ ވޯކްޝޮޕްއެއް ބާއްވާނެ. އެއަށްފަހު އެ ބޭފުޅުންނާ އެންއައިއީގެ ބޭފުޅުންނާ ގުޅިގެން ކަރިކިއުލަމް ރިވިއު ކުރާނެ." ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ކެމްބްރިޖްގެ ކޮންސަލްޓަންޓުން ކަރިކިއުލަމް ރިވިއު ކުރުމަށް ފަހު ރިޕޯޓެއް ހުށަހަޅުއްވާނެ ކަމަށެވެ.
" އެ ރިޕޯޓުގެ މައްޗަށް މަންހަޖު މުރާޖާ ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ. ދެން 2021 ވަނަ އަހަރު ގްރޭޑް 1،2،3 އަދި އެލްކޭޖީ އަދި ޔޫކޭޖީގައި ބޭނުންކުރާނީ އާ ކަރިކިއުލަމްއެއް." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.