15 Jun 2010, 10:16
14:30
މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށާއި، ތިން ރަށެއްގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ.
މަތި އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ޢައްޔަން ކުރެއްވީ، ހއ. އިހަވަންދޫ ކުދިމާގޭ ޢަދްނާން ޢަބްދުﷲ އެވެ. މީގެއިތުރުން މާލެއަތޮޅު ހިންމަފުށީ ކައުންސިލަރގެ މަގާމަށް ހިންމަފުށީ މޫނިމާގޭ ފަރްހާދު އިބްރާހީމާއި، އދ. ދިގުރަށު ކައުންސިލަރގެ މަގާމަށް ދިގުރަށު ޒަމާނީކުލަ ނައުޝާދު މުޙަންމަދު އަދި ތ. މަޑިފުށީ ކައުންސިލަރގެ މަގާމަށް މަޑިފުށީ ފިތުރޯނުގޭ އަޙްމަދު ނަސީމް ވަނީ ހަމަޖައްސަވާފަ އެވެ.