މާލެ އިން މިރޭ ބިދޭސީއެއްގެ ފޯނެއް ފޭރިގަނެގެން ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ މައްސަލަ ފުލުހުނަށް ހުށަހެޅީ މިރޭ 7:19 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައި ވަނީ، އަމީނީމަގު ސްޓެލްކޯ ކައިރީގައި ހުރި ބިދޭސީއެއްގެ ފޯނު، ސައިކަލުގައި ދިޔަ ދެ މީހަކު ފޭރިގެން ކަމަށް ބުނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި އަހަރު މިހާތަނަ ފޭރުމުގެ 296 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ މަހު ފޭރުމުގެ 53 މައްސަލައެއް ހުށަހެޅުނު އިރު، މިމަހު މިހާތަނަށް ފޭރުމުގެ 15 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.