15 Aug 2019, 10:07
ފުލުހުންނަށް އިންޒާރުދީ ފުލުހުން ދުއްވަން ގެންގުޅޭ ސައިކަލަކަށް ގެއްލުން ދިން މީހަކު އދ. މަހިބަދޫ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ރޭ 12:15 އެހާކަންހާއިރު އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.