14 Aug 2019, 23:07
ސިފައިންގެ މީހަކު އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައިވައިވަނީ ދެކުނުގެ އަތޮޅެއްގައި ކަމަށެެވެ. އަދި ބުނީި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 19:50 ގައި ކަމަށެވެ.
ފުލުހުން ބުނީ މިއަދު މެންދުރު އީދު ފާހަގަކުރަން ކުލަ ޖެހުމުގެ ތެރޭގައި 31 އަހަރުގެ ފިރިހެނެއް 19 އަހަރުގެ އަންހެނަކާ ބަދު އަހުލާގީ އަމަލު ހިންގިކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އެ ހާދިސާ ހިނގި ރަށުގެ ޕޮލިސް ސްޓޭޝަނުން މިހާރު ބަލަމުންދާ ކަަމަށްވެސް ފުލުހުން ބުންޏެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތު ރައްދުވި ސިފައިންގެ މީހަކީ ސިފައިންގެ ސާޖެންޓެއްގެ މަގާމުގައި ހުރި މީހެކެވެ.