13 Aug 2019, 17:34
ސްޓެރޯކެއްޖެހި ހާލު ސީރިއަސްވި ހައްޖާޖީ ފިޔަވައި ދެން ތިބި ހުރިހާ ދިވެހި ހައްޖާޖީންގެ ހާލު ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ދިވެހި ހައްޖާޖީންގެ ހާލު ހައްޖު މިޝަންއިން ވަރަށް ގާތުން މިހާރު ބަލަމުންދާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ހައްޖާޖީން އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ އަންނަން ދަތުރު ފަށާނެ ކަަމަށެވެ. އަދި އެ ދަތުރުތަކުގެ ޝެޑިއުލް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރާނެ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ހައްޖުވެރިން މިއަދު ވަނީ މައްކާއަށް ދިއުމަށް ހަމަޖެހިފައެވެ.
ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ކޯމާއެއްގައި މިހާރު އޮތީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ 38 އަހަރުގެ ފ. ދަރަނބޫދޫ ސީމާ މޫސާ، އެވެ. އޭނާއަށް މިހާރު މިނާ އަލްވާދީ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުނެވެ.
ސީމާއަށް ސްޓްރޯކެއް ޖެހުނީ މިނާގެ ޓެންޓެއްގައި ހުއްޓައެވެެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ސީމާގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަަމަށެވެ.