13 Aug 2019, 10:40
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައި އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ، އައްސޭރި ޖަލުން ގައިދީއަކު ފިލާފައިވާ ކަމުގެ ރިޕޯޓް ކަރެކްޝަންސްއިން ފުލުހުންނަށް ދީފައި ވަނީ ރޭ 10:08 އެހާކަންހާއިރު ކަމަށެވެ.
އެ ރިޕޯޓް ލިބުމާ ގުޅިގެން، ހިންމަފުށީ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ކުރި މަސައްކަތުން ފިލި ގައިދީ ފެނިފައި ވަނީ ހިންމަފުށީގައި ހުއްޓާ ރޭ 10:13 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.