02 Nov 2011, 18:22
ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލާގެ ތަހުގީގަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެސްޓިއޯގެ ކުރީގެ ޗެއާމަން އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ހާޒިރުކޮށް ސުވާލު ކުރުމުން، އެ ވިޔަފާރީގައި ސިންގަޕޫރްގެ މޯކަމް ޓްރޭޑިން އިން ހިންގާ ކަންތަތައް ނޭނގޭ ކަމާއި އެކަންތައްތައް އެނގެން ނުޖެހޭ ކަމަށް ޔާމިން ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގެ ރޭގެ ކުއްލި ބައްދަލުވުމުގެ ނިންމުމާ އެއްގޮތަށް މިއަދު ކޮމެޓީއަށް ވަޑައިގެން މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމިން ވިދާޅުވީ ބަރުމާ އިން ތެލުގެ ވިޔަފާރި ކުރަން އުފެއްދި ކުންފުނީގައި އެސްޓީއޯގެ މުވައްޒަފުން މަސައަކަތް ކުރިކަމެއް ނޭނގޭ ކަމަށެވެ.
އެސްޓިއޯގެ އިސްވެރިންނާއީ ބޭރުގެ ބައެއްގެ މައްޗަށް އެކުލެވޭ ބޯޑެއްގެ ދަށުން އުފެއްދި މޯކަމް ޓްރޭޑިން ސިންގަޕޯ ކުންފުންޏާއި އެސްޓިއޯ އާ ދެމެދު ފައިސާގެ މުއާމަލާތެއް ކުރެވިފައިވޭތޯ މަދަނޫ ދާއިރާގެ މުހައްމަދު ތޯރިގު ސުވާލު ކުރެއްވުމުން ޔާމިން ވިދާޅުވި އެސްޓިއޯއާ މެދު ފައިސާގެ މުއާމަލާތެއް ކުރިކަމެއް ނޭނގޭ ކަމަށެވެ. މޯކަމް ސިންގަޕޫރު ކުންފުނި އުފެއްދިކަން ނޭނގޭ ކަމަށް އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަނިކު ވިދާޅުވެފައިވެފައި ވާތީ ޔާމިން ވިދާޅުވީ އެސްޓީއޯގެ އިސްވެރިންތަކެއް ތިބެގެން ދަރަންޏަށް ޒިންމާވާ ގޮތޮށް އެފަދަ ކުންފުންޏެއް އުފައްދާ އިރު، މަނިކަށް އެކަން އެނގެން ޖެހޭނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ ގާނޫނާ ހިލާފަށް އުފެއްދި ކުންފުންޏެއް ކަމެއް، އަދި ގާނޫނާ އެއްގޮތަށް އުފެއްދި ކުންފުންޏެއްކަން ވެސް ވިދާޅުނުވާނެ ކަމަށެވެ.
http://sun.mv/albums/l_2235.jpg
"މިހާރު ބައެއް ލިޔެކިޔުންތަކުން ފެންނަނީ އެ ކުންފުނި އުފެއްދި ކަމެއް މަނިކު ހަނދުމަފުޅެއް ނެތޭ. އެ ވިދާޅުވެވުނު ވާހަކައަކަށް ރިޔާއަތްކޮށް މިއީ ގާނޫނާ ހިލާފު ކުންފުންޏެއްތޯ ނުވަތަ މި ކުންފުނި މި އޮތީ ރަޖިސްޓްރީ ނޮކޮށްތޯ ސުވާލެއް އުފެދިގެން ނުވާނެ. ގަބޫލެއް ނުކުރެވޭ ގާނޫނާ ހިލާފަށް މިފަދަ ކުންފުންޏެއް އުފެދިދާނެ ކަމަކަށް. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ ބޭފުޅާގެ ހުއްދަ ނުލިބި، އޭނަގެ ދަށުގައި މަސައްކަތް ކުރާ އެސްޓީއޯގެ ވެރިންތަކެއްގެ ހައިސިއްޔަތުން ދަރަންޏަށް ޒިންމާވާ ކުންފުންޏެގެއް ޒިންމާ އުފުލައިގެން، ގޮސް މޯކަމް ކިޔާ ކުންފުންޏެއްގެ ބޯޑްގައި ތިބެ، އަދި ހިއްސާދާރުންނަކަށް ތިބޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އެސްޓީއޯގެ ޓޮޕް މެނޭޖްމަންޓަކަށް ނޭނގި،" ޔާމިން ވިދާޅުވި އެވެ.
http://sun.mv/albums/l_2234.jpg
މޯކަމް އިން ރާއްޖެ އަށް ތެޔޮ ފުނުވުމަށް ސިންގަޕޫރުގެ ބަނދަރުން ފުރައި ބޯޓު، ބަރުމާ އަށް ޑައިވާޓް ކުރާކަން އެނގޭތޯ ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ ތެޔޮ އުފުލާ ބޯޓު ހަމަޖެއްސުމަކީ އެސްޓީއޯގެ ޗެއާމަންގެ ޒިންމާއެއް ނޫން ކަމަށާއި އެކަން ބަލަން އެސްޓީއޯގެ ވެރިން ތިއްބަވާނެ ކަމަށެވެ. އަދި އެ ދުވަސްވަރު އެފަދަ އުޅަނދުތައް އެގޮތަށް ދަތުރުކޮށްފައިވާ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް އެނގޭނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
"އެސްޓިއޯގެ ޗެއާމަން ކަމުން 2005 ވަނަ އަހަރު ޔާމީން ވަކިވެވަޑައިގެންނެވި އިރު، އެސްޓީއޯ އިން އެއްވެސް ލިޔެކިޔުމެއް ގެންގޮސްފައިވާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އެސްޓީއޯ އިން ނިކުމެވަޑައިގެންނެވި އިރު އެ ތަނުގެ ހުރިހާ ލިޔެކިޔުންތައް އެ ތަނުގައި ހުންނާނެ ކަމަށާއި "އެންމެ ކަރުދާސްކޮޅެއް ވެސް ނުގެންދަން" ކަމަށެވެ. އަދި ޗެއާމަން ކަމުގައި ހުންނެވި އިރު ތެލުގެ ވެސް އަދި އެހެން ވެސް ވަގު ވިޔަފާރިއެއް ކޮށްފައި ނޯންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
http://www.youtube.com/watch?v=KcvyvepF4gE