ރާއްޖެ ބައިނަލްއަގުވާމީ ކަންކޮޅުތަކުގައި އިޝްތިހާރު ކުރުމަށް އަލަށް ކަނޑައެޅުއްވި ޝިއާރު "މޯލްޑިވުސް އޯލްވޭޒް ނެޗުރަލް"އާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވެލް އެންޑު ޓުވާ އޮޕެރާޓާސް( މަޓާޓޯ) އިން ގޮވާލައިފި އެވެ.

މަޓާޓޯ އިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ 11 އަހަރު ދުވަހު ރާއްޖޭގައި ބޭނުން ކުރަމުން އައި"މޯލްޑިވްސް ދަ ސަނީސައިޑް ލައިފް" ސުލޯގަން އަށް އަލްވާދާއުކިޔާ އިރު ފަތުރުވެރިކަމުގެ ސިނާއަތްތަކާއި ރިސޯޓުތަކުގެ އިތުރަށް ޓުރެވެލް އެޖެންސީތަކުން އައު ސުލޯގަން ކަމުނުދާކަމަށް ބުނެފައިވާ ކަމުގަ އެވެ.

"...ދިވެހިރާއްޖެ އާއި ދޯޅަ ބައިނަލްއަގުވާމީ ނަން މަޝްހޫރު ޕީއާރުމީޑިޔާ އަޅުގަނޑުމެންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު މިޝިއާރަކީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅަށް
ރަމްޒުކޮށްދޭ ޝިއާރަކަށް ނުވެ އެވެ،" އައު ޝިޔާރާ ބެހޭ ގޮތުން މަޓާޓޯ އިން ބުންޏެވެ.

އެއްލައްކަ ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދު ކޮށްގެން ހަދާފައިވާ ލޯގޯއެއްގައި ރާއްޖޭގައި އާއްމުކޮށް ދިރިނޫޅެ މަސް މަހާމެހި ބޭނުންކޮށްގެން ލޯގޯ ފަރުމާކޮށްފައިވުމަކީ ރާއްޖެ އާއި ބެހޭ މައުލުމާތު ލޯގޯހެދި ފަރާތަށް އެގިފައި ނުވާކަމުގެ ހެއްކެއްކަމުގައި ވަނީ ބުނެފަ އެވެ.

މަޓޯޓާ އިން ބުނެފައި ވަނީ ފަތުރުވެރިކަމަކީ ރައްޖޭގެ އިގުތިސާދަށް އެންމެ މުހިއްމު ސިނާއަތުކަމަށްވާ އިރު އެފަދަ ކަމެއް ނިންމަން ވާނީ ވަރަށް ފުންކޮށް ދިރާސާ ކުރުމަށް ފަހުގައި ކަމުގަ އެވެ.