08 Aug 2019, 17:00
ލޯކަލް ގަވަމަންޓް އޮތޮރިޓީ (އެލްޖީއޭ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަރީ ކޮމިޓީން ނިންމައިފި އެވެ.
ލާމަރުކަޒީ ކޮމިޓީން ވަނީ، އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑްކުރުމާއި، ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް ދިރާސާކޮށް މަޖިލިއް އެއްޔެ ރިޕޯޓެއް ހުށަހަޅުއްވާފައެވެ. އެ ދިރާސާތަކުގައި ކޮމިޓީން ވަނީ މިދޔަ ފަސް އަހަރު ކައުންސިރަލުންނާ މެދު ފިޔވަޅު އަޅާފައިވާ ގޮތް ވެސް ބަލާފައެވެ.
ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އެލްޖީއޭ އިން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކޮށްފައިވަނީ ލާމަރުކަޒީ ނިޒާމް ފުޑާލައި، ކުރީގެ މަރުކަޒީ ސަގާފަތާ އެގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން ކަންސިރަލަރުންނާ މެދު ފިޔަވަޅު އަޅައި، ސަރުކާރާ އިދިކޮޅު ކައުންސިލަރުންނަށް އަމާޒުކޮށް ގާނޫނުން ބޭރުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކޮމިޓީގެ ދިރާސާތަކުން ހޯދި ހޯދުންތަކަށް ފަހު، ކޮމިޓީން ނިންމި ނިމުންތައް ހާމަ ކުރައްވަމުން ނިޔާޒު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ބައެއް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލަރުން ޒިންމާދާރު ކުރުމަކީ، ލާމަރުކަޒީ އުސޫލުގެ ތެރެއިން ގެންނަން ޖެހޭ ކަމެއް ކަމަށާއި އެކަން ތަފްސީލުކޮށް އެ ގާނޫނުގައި ބަޔާން ކުރަން ޖެހޭކަން ކޮމިޓީން ނިންމި ކަމަށެވެ. އަދި އެލްޖީއޭގައި ކައުންސިލަރުންގެ ދައުރު ހިމެނޭ ގޮތަށް އެލްޖީއޭގެ ބޯޑު އެކުލަވާލަން ޖެހޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އެލްޖީއޭ ބޯޑުގައި މެމްބަރުން އެކުލެވިގެންވާ ގޮތް، ކައުންސިލަރުންގެ ދައުރު ހިމެނޭ ގޮތަށް ހިމެނޭ މިހާރު އޮތް އެލްޖީއޭގެ ކޮމްޕޮސިޝަން ބަދަލު ކުރުމަށް އަޅުގަނޑުގެމެން ނިންމާފައިވޭ، އަދި އެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ލަފާ ދެން، " ކޮމިޓީ ރިޕޯޓު މަޖިލީހާ ހިއްސާ ކުރަމުން ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ، އެންމެ ފުރަތަމަ ލާމަރުކަޒީ ގާނޫނު އުފެދިގެން އައި އިރު، ކައުންސިލަރުންގެ ދައުރު އެލްޖީއޭގެ ބޯޑުގައި ހިމެނޭ ކަމަށާއި ނަމަވެސް ފަހުން ގެނައި އިސްލާހުތަކާއެކު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން ތަކެއް އެލްޖީއަށް މެމްބަރުން ހޮވާފައިވާކަމައެވެ.
މި ދިރާސާ ކުރުމަށް ކޮމިޓީން ވަނީ އެލްޖީއޭގެ ބޯޑު ކޮމިޓީއަށް ގެނެސް ސުވާލު ކުރައްވާފައެވެ. އެލްޖީއޭގެ ބޭފުޅުން ކައުންސިލަރުންނާ ގުޅޭ ގޮތުން އެޅި ފިޔަވަޅުތައް އަޅާފައި ވަނީ ލިބުނު ގާނޫނީ ލަފާގެ މަތިން ކަމަށް އެލްޖީއޭ އިން ކޮމިޓީގައި ވިދާޅުވިކަމަށް ނިޔާޒު ވިދާޅުވިއެވެ. ނަމަވެސް ގާނޫނުން ނެތް ކަމެއް ކުރުމަށް އެއްވެސް މީހަކަށް އެއްވެސް ލަފާއެއް ނުދެވޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިމިދިޔަ ފަސް އަހަހރު 106 ފަހަރު އެކި ފަހަރުމަތިން އެކި ކައުންސިލަރުން އެލްޖީއޭއިން ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި ބައެއް ކައުންސިލްތަކުގައި ހުރިހާ ކައުންސިލަރުން އެއްފަހަރާވެސް ސަސްޕެންޑްކޮށްފައިވެއެވެ. އަދި ބައެއް ކައުންސިލްތަކުގައި ކޯރަމް ހަމަ ނުވާވަރަށް ވެސް ކައުންސިލަރުން ސަސްޕެންޑްކޮށްފައި އެބަހުއްޓެވެ.
ކޮމިޓީގެ ދިރާސާއިން ފާހަގަވި ކަންތައް:
އެލްޖީއޭ އިން ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅީ ގާނޫނުތަކާ ހިލާފަށް
- އެލްޖީއޭ ގާނޫނުން ލިބިދީފައި ނުވާ ބާރު ބޭނުންކޮށް، ސާކިއުލާތަކާއި އުސޫލުތައް ހަދާފައިވާކަން
- އެ ސާކިއުލާތަކާއި އުސޫލުތައް ހަދާފައިވަނީ ވަކި ހާދިސާއަކާ ނުވަތަ ކަމަކާ ގުޅިގެން ސާކިއުލާތަކާއި އުސޫލުތަކަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ހަދާފައިވާ ކަން،
- އެލްޖީއޭ އިން އަމަލުކޮށްފައިވާ ގޮތުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމް ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަަން.
- ސިޔާސީ ސަބަބުތަކަށްޓަކައި ކައުންސިލުން ސަސްޕެންޑް ކުރުމުގެ މައްސަލަތައް އެޖެންޑާ ކޮށްފައިވަނީ ސީދާ ހޯމް މިނިސްޓަރު އަޒްލީން
- ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުން ހައްޔަރުކުރެވޭ ކައުންސިލަރުން އެލްޖީއޭގެ އަމިއްލަ އިސްނެގުމަށް ސަސްޕެންޑް ކޮށްފައިވޭ. މައިގަނޑު ގޮތެއްގައި ސަސްޕެންޑްކޮށްފައިވަނީ އޭރުގެ ސަރުކާރާ އިދިކޮޅު ފަރާތްތައް.
- ކޯރަމް ހަމަ ނުވެ ހުންނަ އިރު ވެސް ނިންމުންތައް ނިންމާފައިވޭ
- 18 މެއި 2014 އިން 21 ޖޫން 2018 ގެ ނިޔަލަށް ޖުމްލަ 106 ފަހަރުމަތިން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވޭ. މިއީ މުޅި ރާއްޖޭގެ ކައުސިލަރުންގެ ނިސްބަތުން ބޮޑު އަދަދެއް،
- ކައުންސިލަކުންގެ މައްސަލަތައް ޝަކުވާ ހުށަހަޅާ މީހެއް ނޭނގެ