އައްޑު އަތޮޅުގައި މި މަހުގެ 10،11ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ގުޅިގެން ވައިގެ މަގުންނާއި ކަނޑުމަގުން އައްޑު އަށް އެތެރެވާ މީހުންނާއި އުޅަނދުފަހަރު ފުލުހުން މިއަދު ޗެކްކުރަން ފަށައިފި އެވެ.

އައްޑޫގައި ބާއްވާ 17 ވަނަ ސާކް ސަމިޓްގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ހިންގާ މި އޮޕަރޭޝަންތަކުގައި ގަމާއި ހިތަދޫ އަދި ގުޅިފައިވާ ފަޅުރަށްތަކުގައި ޗެކް ޕޮއިންޓުތައް ވަނީ ޤާއިމްކޮށްފަ އެވެ. އަދި ގަމުގެ ދެ ސަރަޙައްދެއްގަ އާއި މަރަދޫން ފަޅުރަށްތަކަށް އަރާ ސަރަޙައްދުތަކާއި އަދި ފަޅުރަށްތައް ނިމި ހިތަދުއަށް އަރާ ހިސާބުގައި ފުލުހުންގެ ޗެކް ޕޮއިންޓުތައް ވަނީ ޤާއިމްކޮށްފަ އެވެ.

މީގެ އިތުރުން ކޮންވެންޝަން ސެންޓަރު ހިމެނޭ ސރަޙައްދުގައި ދެ ޗެކް ޕޮއިންޓެއް ޤާއިމްކޮށް އެސަރަޙައްދަށް ވަދެ ނުކުމެވާ ވެހިކަލްތަކާއި މީހުން ފާސްކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.