07 Aug 2019, 16:28
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެސްޓީއޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެސްޓީއޯއިން މިހާރު ކުރިއަށްދާ އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަމަށް ބުނެ އެސްޓީއޯގެ ނަމުގައި ފައިސާ ހޯދަން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ ކަސްޓަމަރުންގ ފޯނަށް ގުޅައި ފައިސާ ޓްރާންސްފާކޮށް އިނާމް ލިބޭ ޕްރޮމޯޝަނެއް އެއްއިރެއްގައިވެސް އެ ކުންފުނިން ކުރިއށް ނުގެންދާ ކަމަށެވެ.
އަދި އެފަދަ ކޯލްތައް ލިބޭނަމަ އެކަން އެކުންފުންޏާ ހިއްސާކުރުމަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެސްޓީއޯއިން މިހާރު ކުރިއަށް ގެންދާ އަލްނޫރު ހިކިކިރު ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ އަލްނޫރު ހިކި ކިރު ޕެކެޓަކަށް ފެންވަރު ރަނގަޅު ބިއްލޫރިތައްތެއް ދަނީ ދެމުންނެވެ.
މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވިއެވެ.