މ. މުލީގައި މަރުވި އަންހެނެއްގެ މައްސަލަ ފުލުހުން ބަލަން ނިންމައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޭވާ ނުލާތީ ކަމަށް ބުނެ އިއްޔެ ހަވީރު މުލީ ހޮސްޕިޓަލަށް ގެނައި 29 އަހަރުގެ އަންހެނަކު ނިޔާވެފައިވާ ކަމަށް ބުނެ 16:43 ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މުއްޔަށް ގޮސް އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންނާއި މުލީ ހޮސްޕިޓަލުންވެސް އިތުރު ތަފްސީލެއް ނުދެއެވެ.