06 Aug 2019, 12:08
ޕެންޝަން އޮފީހަށް ޗީފް އެކްޒެކިއުޓިވް އޮފިސަރު ސީއީއޯއެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް އަލުން ހުޅުވާލީ އެ ވަޒީފާގައި ކުރިން ހުންނެވި މުހައްމަދު ހުސެއިން މަނިކްގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
އެ މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލްކޮށް ސީނިއާ މެނޭޖްމަންޓް ލެވެލްގައި 10 އަހަރު ހޭދަކޮށްފައިވުން ހިމެނެ އެވެ.
ޕެންޝަން އޮފީހުން ބުނީ ސީއީއޯގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ކަމަށާއި އަދި ޕާފޯމަންސްއަށް ބަލައި މަގާމުގެ މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ.
އެ މަގާމަށް ބޭރު މީހުންނަށްވެސް ކުރިމަތި ލެވޭގޮތަށް ޕެންޝަން ބޯޑުން ވަނީ ނިންމައިފައެވެ.