ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލު ކުރަން އޭނާ މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރަން އެދެފިއެވެ.

އާމިރު ހާޒިރު ކުރަން އެދުނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު އާމިރު ހާޒިރު ކުރަން އެދިވަޑައިގެންނެވީ ދެ ކަމެއް ސާފު ކުރައްވާށެވެ. އެއީ މި ސަރުކާރު އައި ފަހުން ކިތައް ޕްރޮޖެކްޓު ނިމިފައިވޭތޯ އާއި އޭގެ ތެރެއިން ފައިސާ ދައްކާފައި ވަނީ ކިތައް ޕްރޮޖެކްޓަށްތޯ ސާފު ކުރުމަށެވެ.

އަމީރު ހާޒިރުކުރަން އެދިފައިވާ އިރު އަންނަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

މި ފަހުން ހޯމް މިނިސްޓަރު އިމްރާން އަބަދުﷲ އާއި ފިނޭންސް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ހެލްތު މިނިސްޓަރު އަމީން ވެސް މަޖިލީހަށް ހާޒިރުކޮށްފައިވެއެވެ.