02 Nov 2011, 12:00
ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ޑީ ބާސްކެޓް ބޯލް ކުލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ވިޔެންސާއާ ބައްދަލުކޮށް ޑީބީސީން މެޗް ކާމިޔާބު ކުރީ 32 ޕޮއިންޓް 54 ޕޮއިންޓުންނެވެ.
މެޗުގައި ވިޔެންސާ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އާމިނަތު ހަލީމެވެ. އޭނާ ވަނީ ބަޔަށް 28 ޕޮއިންޓް ކާމިޔާބު ކޮށްދީފަ އެވެ.
ޑީބީސިއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 23 ޕޮއިންޓް ހޯދަދިން އާމިނަތު ސިއުރާއެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ. ފައިނަލްގައި ނުކުންނަ ދެ ޓީމަކީ ޓީރެކްސްއާ ރެޑްލައިން ކުލަބެވެ.