05 Aug 2019, 10:21
ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ހަރަދަށް ފައިސާ ނުދޭ ދެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކޮށްފައިވަނީ ނ. މާޅެންދޫ، މާވިނަ، ސަފްރާޒް އިބްރާހީމް (32އ) އެވެ. އޭނާ ހޯދަނީ ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ދެމައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހޯދަން އިއުލާނު ކުރީ މީދޫ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުނުކުރެވިގެން، ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި ސަފްރާޒް ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ހަރަދަށް ފައިސާ ނުދެއްކުމުގެ ދެ މައްސަލައަކާ ގުޅިގެން އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މި މަހުގެ 25 ވަނަ ދުވަހު 10:30 އަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސަފްރާޒް އިބްރާހީމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.