05 Aug 2019, 09:28
އެޗްޑީސީ އިން ދޭ ހިދުމަތްތަކާއެކު މައި ހުޅުމާލެ ޕޯޓަލް އިފްތިތާހުކޮށްފި އެވެ.
މަންސަ ޓޯކް ޝޯގެ ފުރަތަމަ ވޮލިޔުމްގައި މި ހިދުމަތް އިފްތިތާހުކޮށްފައިވާއިރު މައި ހުޅުމާލެ ޕޯޓަލް އަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި އެހެން ފަރާތްތަކަށް އެޗްޑީސީ އިން ފޯރުކޮށްދޭ ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލް މެދުވެރިކޮށް އެޗްޑީސީ އިން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތަކަށް އެދި ހުށަހެޅޭނެ އެވެ. އަދި ހިދުމަތްތަކަށް ފައިސާ ދެއްކުމާއި އެދުނު ހިދުމަތްތައް ކުރިއަށްދާގިތް އޮންލައިންކޮށް އަދި އެސްއެމްއެސް އިން ބަލާލެވޭނެ އެވެ. އެޗްޑީސީ އިން ހޯދަންޖެހޭ ހުއްދަތައް ވެސް ޑިޖިޓަލްކޮށް މި ޕޯޓަލް އިން ލިބޭނެ އެވެ.
މި ޕޯޓަލްގައި ހުޅުމާލޭގެ ޗާޓުވެސް ވަނީ ހިމަނައިފައެވެ. ހުޅުމާލެއިން ބަލާލަން ބޭނުންވާ ތަންތަން ވަކިވަކިން ބަލާލެވޭ މި ޗާޓުގައި ބަސް ރޫޓުތައްވެސް ވަނީ ހިމަނައިފައެވެ. އަދި ރައްޔިތުން ހުށަހަޅަން ބޭނުންވާ ކަންބޮޑުވުންތަކާއި ޝަކުވާތައްވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.