ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ޔޫތު މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ "ހަފްތާ ރެސް" އިވެންޓު ބޮޑު އީދު ބަންދަށް މެދުކަނޑާލައިފިއެވެ.

ޔޫތު މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދެން "ހަފްތާ ރެސް" އޮންނާނީ ބޮޑު އީދަށް ފަހު، މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އީދަށްފަހު ބާއްވާ ފުރަތަމަ "ހަފްތާ ރެސް" ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ވިލިމާލޭގައެވެ.

މީގެ ކުރިން ހަފްތާ ރެސް ބާއްވަމުން ގޮސްފައިވަނީ މާލޭ ރަސްފަންނު ސަރަހައްދުގައެވެ. އެ ސަރަހައްދު ބަދަލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ ޔޫތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފައެވެ.

އެއާއެކު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ވެސް ހަފްތާ ރެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަފްތާ މާރުކޭޓް ބޭއްވުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.