Last Updated: 6 year 4 month ago
Last Updated:
6 year 4 month ago
މުއައްވިޒުގެ ހެކިބަސް ނަގައި ޔާމީންގެ ޝަރީއަތް ނިންމާލައިފި
ރަައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމަށް ކްރިމިނަލް ކޯޓްގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. މިއަދު 10:30 ގައި ފެށުމަށް ޝެޑިއުލްކޮށްފައިވާ ޝަރީއަތުގެ މިއަޑުއެހުމަކީ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ.
13:06
ވަކި ދުވަހެއް އިއުލާން ކުރުމެއް ނެތި މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފައި.
ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ރިޕޯޓަކާއި އެކައުންޓް ސްޓޭޓްމަންޓެއް ރައީސް ޔާމީންގެ ދިފާއީ ވަކީލުންނަށް ލިބިފައި ނުވާތީ، ހެއްކާ ސުވާލު ކުރަން އެހެން ދުވަހެއް ހަމަޖައްސައިދެއްވާނެ ކަމަށް ގާޒީ ވިދާޅުވި.
މުއައްވިޒު: ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްމަންްޓް އެކައުންޓެއް އިސްލާމިކް ބޭންކްގައި ހަދައި އެ ފައިސާ އެކައުންޓަށް ޖަމާކުރި.
މުއައްވިޒު: އެމްއެމްއޭއިން އޭސީސީއަށް އެސްޓީއާރެއް ފޮނުވި ކަމަށް. އޭގައި ބުނެފައި ވަނީ ބީއެމްއެލްގެ އެކްސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކަމަށް. އަދި އެ ފައިސާ ޒަމީރުގެ އެކައުންޓަށް ފޮނުވީ ވަސީމް ކިޔާ ބޭފުޅެއް ކަމަށް.
މުއައްވިޒު ވިދާޅުވީ، އެކްސްކްރޯ އެކައުންޓަށް ޖަމާކުރަންވާނީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި ހުރި އެއް މިލިއަން ޑޮލަރު ކަމަށް އެކައުންޓް ހުޅުވުމަށް ހެދި އެއްބަސްވުމުގައި ބުނެފައިވާ ކަމަށް.
މުއައްވިޒު ވިދާޅުވީ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލައިގައި ސްޓޭޓްމަންޓް ހޯދަން އިސްލާމިކް ބޭންކުން ހޯދަން އުނދަގޫވި ކަމަށް. އެހެން ނަމަވެސް ރައީސް އޮފީސް މެދުވެރިކޮށް ސްޓޭޓްމަންޓް ހޯއްދެވި ކަމަށް. އަދި ފަހުން އެމްއައިބީއިން އެ ސްޓޭޓްމަންޓް ފޯރުކޮށްދިން ކަމަށް.
މުއައްވިޒު ވިދާޅުވީ، ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ އެސްއޯއެފްގެ އެކައުންޓަށް ވަތް ކަމަށާއި އަދި ރައީސް ޔާމީންގެ އެކައުންޓަށް އެ ކުންފުނިން ޖަމާކުރި ފައިސާ އަކީ ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް އޭސީސީއަށް ގަބޫލުކުރެވޭ ކަމަށް ރައީސް ޔާމީންއަށް ދެންނެވި ކަމަށް.
ހެކިބަސް ދިނުމަށް މުއައްވިޒު ކޯޓް ރޫމަށް ވައްދައިފި. ދައުލަތުން ވަނީ، ރައީސް ޔާމީންގެ ފަރާތުން މުއައްވިޒުގެ ހެކިބަސް ނެގުމަށް އެއްވެސް ހުރަހެއް ނެތްކަން ފާހަގަކޮށްފައި. ދައުލަތުން މިހާރު ދަނީ މުއައްވިޒާ ސުވާލުކުރަމުން.
މިއަދު ނަގަނީ މުއައްވިޒުގެ ހެކިބަސް
މިއަދު ހެކިބަސް ނަގަނީ އެންމެ ހެކިވެރިއެއްގެ. އެއީ އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު. ރައީސް ޔާމީންގެ ފަރާތުން ވަނީ އެ ފަރާތުގެ ހެކިބަސް ނެގުމާ އިއުތިރާޒްކޮށްފައި.
ޔާމީންގެ ދިފާއީ ހެއްކަކަށް ކުރީގެ ގަވަރުނަރު އަޒީމާގެ ނަން
ދިފާއީ ވަކީލް ޝާހު ވަނީ ދިފާއުވުމަށް ޝަފަވީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ކުރީގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު މއ. ރޮޒޭރީރު، އަޒީމާ އާދަމްގެ ނަން ހުށަހަޅުއްވާފައި.
ކިތާބީ ހެކީގެ ގޮތުގައި އެމްއެމްއޭގެ ނޫސް ބަޔާނެއް ހުށަހެޅުއްވި.
ވަކީލް ޝިޔާޒް ވަނީ ބައެއް ހެކިންގެ ހެކިބަހާ މެދު ސުވާލު އުފެދޭނެ ކަމަށް ވިދާޅުވެފައި. ވަކީލް ޝިޔާޒް ވިދާޅުވީ ބައެއް ހެކިންނަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވާ ކަމަށް ބަޔާންތަކުން އެނގޭ ކަމަށް.
ހައިލަމް ވިދާޅުވީ، ހެކިން ބަލައިގަންނަން ނިންމާފައިވާ ކަމަށް. އަދި ހެކިބަސް ނަގާއިރު، އެފަދަ ހާލަތެއް އައިސްފި ނަމަ، ޝަރީއަތުން ހެކިބަހަށް ރިއާޔަތް ކުރުމުގައި އެކަން ނިންމާނެކަމަށް. އަދި އިބްތިދާއީ ޝަރީއަތުން ގޮތް ނިންމާފައި ހުރި ކަންކަމާ މެދު ވާހަކަ ނުދެއްކުމަށް ގާޒީ ހައިލަމް ވަކީލުންނަށް އިރުޝާދު ދެއްވި.
ވަކީލް ސިޔާޒް: ބެންޗަކުން މައްސަލަ ބަލަން ހުށަހަޅާފައި ވާނެ. އަދި އެކަމަށް ސިޓީ ފޮނުވިން
އެހެން ސިޔާޒް ވިދާޅުވުމުން ހައިލަމް ވިދާޅުވީ، މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރަން ބޭނުންވަނީ ކީއްވެތޯ؟ ސުވާލު ކުރެއްވި.
ސިޔާޒް ވިދާޅުވީ، ގާޒީ ހައިލަމްގެ މައްސަލަ ޖޭއެސްސީ ބަލާ ކަމަށާއި ޖޭއެސްސީގައި ތިއްބެވީ ސިޔާސީ ބަޔަކު ކަމަށް. އަދި އެކަމުގެ ސަބަބުން ސިޔާސީ ނުފޫޒު ގާޒީއަށް ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް.
އެއާ އެކު ގާޒީ ހައިލަމް ވިދާޅުވީ ބެންޗަކުން މައްސަލަ ބެލުމަކީ ދަށު ކޯޓުން ކުރާ ކަމެއް ނޫން ކަމަށް. އަދި ބެންޗަކުން މައްސަލަ ބަލަން ނިންމާނީ އިސް ގާޒީ ކަމަށާއި އެފަދަ ބެންޗެއް ނެގެން ޖެހޭ ހާލަތެއް ނެތް ކަމަށް.
ގާޒީ ހައިލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތް ލައިވް ކުރާނެކަން އަންގާފައި ވާނެ ކަމަށް. އަދި އެކަން ނިންމީ ފަނޑިޔާރުންގެ މަޖިލީހުން އުސޫލެއް ކަނޑައަޅައިގެން ކަމަށް. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަންނާނެކަން ކޯޓުން ގަބޫލު ނުކުރައްވާނެކަން. ގާޒީ ހައިލަމް ވިދާޅުވީ، ކޯޓްގެ އެތެރޭގެ އުސޫލެއް ކޯޓުން ކަނޑައަޅާފައިވާކަމަށް.
ޔާމީންގެ ފަރާތުން ދިފާއުގައި އިޖުރާއީ މައްސަލަތަކެއް
ދިފާއީ ވަކީލް ޝިޔާޒު ވަނީ ދިފާއީ ގޮތުން އިޖުރާއީ މައްސަލައެއް ހުށަހަޅުއްވާފައި. އެގޮތުން ހެކިން ހުށަހަޅާ ފޯމްގައި ހުރި ކަންތައްތަކެއް ފާހަގަ ކުރެއްވި. ރައީސް ޔާމީންގެ ޝަރީއަތާ މެދު ހާއްސަގޮތެއްގައި އަމަލު ކުރާތީ އެކަމުގެ ޝަކުވާ ކުރެއްވި. އެގޮތުން ޝިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރާ އުސޫލު ކްރިމިނަލް ކޯޓުން އާންމުކޮށްފައި ނުވާ ކަމަށް.
މިއަދުގެ ޝަރީއަތުގެ ހުލާސާއެއް ގާޒީ ހައިލަމް ވިދާޅުވެ ދެއްވައި، ދިފާއީ ވަކީލުންގެ ތެރެއިން ވާހަކަ ދައްކާނެ ދެ ވަކީލުން ވިދާޅުވެ ދެއްވުމަށް ދިފާއީ ވަކީލުންނަށް އެންގެވި. އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހަޅާނެ ހެކިތައް ޝަރީއަތަށް ހުށަހެޅުމަށް ވިދާޅުވި.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ފަށައިފި. ގާޒީ ހައިލަމް ވަނީ ފަނޑިޔާރުގެ މޭޒަށް ވަޑައިގެންފައި.
ރައީސް ޔާމީންވެސް ކޯޓް ރޫމްގައި
ރައީސް އަބްދުﷲ ޔާމީން ވެސް މިހާރު ވަނީ ކޯޓް ރޫމަށް މިހާރު ވަދެވަޑައިގެން، ދިފާއީ ވަކީލުންގެ ބެންޗާ ގުޅިވަޑައިގެންފައި.
ކޯޓް ބޭރުގައި މުޒާހަރާ
ޔާމީންގެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައިވާ އިރު، ސަޕޯޓަރުން ކޯޓު ބޭރަށް އެއްވެ، ދަނީ ޝުއޫރު ފާޅުކުރަމުން. އެބޭފުޅުންގެ ތެރޭގައި ޕީޕީއެމް އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ.
ދެ ފަރާތުގެ ވަކީލުން ކޯޓް ރޫމްގައި
ދައުލަތުގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރައްވާ ބޭފުޅުންނާއި ރައީސް ޔާމީންގެ ދިފާއީ ވަކީލުން މިހާރު ވަނީ ކޯޓް ރޫމަށް ވަދެވަޑައިގެންފައި. ޔާމީންގެ ދިފާއީ ވަކީލުންގެ ބެންޗްގައި އަލަށް އިންނެވީ، ގާނޫނީ ވަކީލު އަލީ ޝާހު. ދެން ތިއްބެވީ ކުރިން ވެސް ތިއްބެވި އާސިފް، ޝިޔާޒް.
މިއަދު އޮތީ ޔާމީންއާ ދެކޮޅަށް ހެކިބަސް ނެގުން
ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ:
- އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
- އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު
- ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
- ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
- އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު
- ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް
- ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް
- މުހައްމަދު ވަސީމް އިސްމާއިލް (ދަފުތަރު)
މީގެ ތެރެއިން ގިނަ ބޭފުޅުން ވަނީ މިހާރު ކްރިމިނަލް ކޯޓަށް ވަޑައިގެންފައި. މިއަދުގެ ޝަރީއަތުގައި ހެކިބަސް ނަގާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް މި ހެކިންއާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ. ރައީސް ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މައިގަނޑު ހެކި ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައި. ފުލުުހުން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން.