03 Aug 2019, 18:10
ހ. ޓެންސްޓާގައި ރޯވެ ލިބުނު ގެއްލުންތަކާ ގުޅިގެން އެގޭގެ 16 މީހަކަށް ޑިޒާސްޓާ މެނޭޖްމަންޓްއިން ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
ޑިޒާސްޓާ އޮތޯރިޓީން ބުނީ އަލިފާނުގެ އެ ހާދިސާގައި އަލިފާން ނިންވުމުގެ ތެރޭގައި ކަރަންޓްބޯޑުތަކަށް ފެންއެޅިފައިވާ ކަމަށެވެ.
އެހެންކަމުން އެ ގެއިން ކަރަންޓް ކެނޑިފައިވާތީ އެގޭގައި ދިރިއުޅޭ 16މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތޒާމް އެއޮތޯރިޓީއިން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.
ފުލުހުން ބުނީ ޓެންސްޓާ ގޭގައި އަލިފާން ރޯވީ އެގެއާ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް ބުނި އަލިފާން ކަންޏެއް ޓެންސްޓާގެ ޓެރަސް މަތީގައި އޮތް ގޮދަނޑިއެއްގައި ޖެހި އޭގައި ރޯވެގެން ކަމަށެވެ.
ޓެންސްސްޓާގެ ޓެރަސްގައި ރޯވި އަލިފާންގަނޑު އެކީ ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 11:35 އެހާކަންހާއިރު އެވެ. އަލިފާން ހިފީ ގާތްގަނޑަކަށް 11:10 އެހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ޓެސްޓާގޭގައި ހުރި، 9000 ބީޓޫޔޫގެ ހިޓާޗީ އެއާކޯނަކާއި، ދެ ބައިސްކަލަކާއި މަސް ޓޭންކެއްގެ އިތުރުން ޕްލާސްޓިކް މޭޒަކާއި ގޮދަނޑިއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ލަކުޑިން ހަދާފައި ހުރި ކަބަޑަކާއި، ތިން ބޫޓާއި ޓެރަސްއަށް ވަންނަ ދޮރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.