03 Aug 2019, 17:36
ހ. ޓެންސްޓާާގައި މިއަދު އަލިފާން ރޯވީ ޖެހިގެން ހުރި ގޭގައި ވެލްޑިންކުރަނިކޮށް ބުރި އަލިފާން ކަންޏެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފީޝަލް ވިދާޅުވީ މިހާތަނަށް ކުރި ތަހުގީގުތަކުން އެ ހާދިސާ ހިނގަން މެދުވެރިވީ، އެގެއާ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް ބުނި އަލިފާން ކަންޏެއް ޓެންސްޓާގެ ޓެރަސް މަތީގައި އޮތް ގޮދަނޑިއެއްގައި ޖެހި އޭގައި ރޯވެގެން ކަމަށެވެ.
ޓެންސްސްޓާގެ ޓެރަސްގައި ރޯވި އަލިފާންގަނޑު އެކީ ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 11:35 އެހާކަންހާއިރު އެވެ. އަލިފާން ހިފީ ގާތްގަނޑަކަށް 11:10 އެހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ޓެސްޓާގޭގައި ހުރި، 9000 ބީޓޫޔޫގެ ހިޓާޗީ އެއާކޯނަކާއި، ދެ ބައިސްކަލަކާއި މަސް ޓޭންކެއްގެ އިތުރުން ޕްލާސްޓިކް މޭޒަކާއި ގޮދަނޑިއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ލަކުޑިން ހަދާފައި ހުރި ކަބަޑަކާއި، ތިން ބޫޓާއި ޓެރަސްއަށް ވަންނަ ދޮރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.