03 Aug 2019, 10:23
ރާއްޖެ އާއި ސީޝެލްސް އިން ކުޅިވަރުގެ ދާއިރާ އިން ގުޅުންބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ސީޝަލްއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ ތަޖްރިބާކާރު ފަންނުވެރިންނާއި ޕޮލިސީއާ ގުޅޭ ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއްގައުމުން އަނެއް ގައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ކުރެވޭނެ އެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ޝާހިދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރައީސްގެ ހާއްސަ ސިޓީ ފުޅެއް އެގައުމުގެ ރައީސަށް އެރުވުމަށް ވެސް ސީޝެލްސްއަށް ވަޑައިގެންފަ އެވެ.