01 Nov 2011, 16:50
އައްޑޫސިޓީ އާއި ފުވައްމުލަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަކީ ކޮބައިތޯ ބަލައި، އެ ފުރުސަތުތަކާ ގުޅޭ މަޝްރޫއުތައް ރާވައި ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭ ގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގަޔާއި ފުވައްމުލަކުގައި އިތުރަށް ހިންގޭނެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ. އަދި މަޝްރޫއުތައް ރާވައި ހިންގެވުމަށް ވަޒީރުންގެ ސަބް ކޮމިޓީއެއް ނެންގެވި އެވެ.