ބޮޑު އީދު ބަންދާ ދިމާކޮށް އޮފީސްތަކާއި އެޖެންސީތައް ބަންދުކުރާއިރު އެތަންތަނުގެ މުދަލާއި ފައިސާގެ ރައްކާތެރި ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ޕްރޮޕަޓީ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވިދާޅުވީ ޢީދު ބަންދުގައި އޮފީސްތައް ބަންދުކޮށްފައި ހުރުމުން ވައްކަންތައް ކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އަދި އެކަންކަމާ މެދު ޢާންމުން ސަމާލުވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ވައްކަމާއި ފައިސާ އާއި ގުޅުންހުރި އެހެނިހެން މައްސަލަތަކަށް ފުރުސަތު ނުދިނުމުގެ ގޮތުން އޮފީސް ތެރޭގައި ގިނަ ޢަދަދަކަށް ފައިސާ ރައްކާކޮށްފައި ނުބެހެއްޓު މަށާއި އަދި އެފަދަ ތަންތަން ރަނގަޅަށް ތަޅުލާ ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ޢީދު ބަންދާއި ދިމާކޮށް ކުރާ ވައްކަންތައް މަދުކުރުމަށް މާލެތެރެ ބަލަހައްޓަން ފުލުހުން ވަނީ ފަށާފަ އެވެ.