02 Aug 2019, 22:07
އަށާރަ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ބޮޑުބޭބެއަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ މިނިސްޓްރީ އިން ބަލަމުންދާކަމަށްވެސް ޖެންޑާ އިން ބުންޏެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއްގެ ރިކޯޑެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. ވަކި ޖަވާބެއް ނުދެ އެވެ. އެމައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއްވެސް އަދި ސާފެއް ނުވެ އެވެ.
އެނގިފައިވާގޮތުގައި އެކުއްޖާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
ދެކުނުގެ ރަށެއްގެ ސްކޫލުގައި ކިޔަވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.