02 Aug 2019, 17:46
ހައްދު ފަހަނައަޅާދިއުމާ ޓެރެރިޒަމާ ގުޅޭގޮތުން ބޭރުގެ ތަޖުރިބާކާރަކު އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގައި ތަގުރީރެއް ދެއްވަާގޮތަށް ހަމަޖައްސައިފިއެވެ.
އައިޔޫއެމްއިން ބުނީ އެ ތަގުރީރު ދެއްވާނީ އިނިގިރޭސިވިލާތަށް ނިސްބަތްވާ ޑރ. އެންތަނީ އަބްދުލްހައްގު އަލްބޭކަރް ކަމަށެވެ.
އެ ތަގުރީރު އޮންނާނީ މާދަމާ ރޭ 08:15 ގައި އައިޔޫއެމްގެ ހޯލުގައެވެ.
އެ ތަގުރީރުގައި ބައެއް ޒުވާނުން ޓެރެރިސްޓް ޖަމާއަތްތަކާ ގުޅޭ ސަބަބުތަކާ ގުޅޭގޮތުން އަލިއަޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އޭގެ އިތުރުން އިސްލާމްދީނަކީ ހަރުކަށި ދީނެއް ނުވަތަ ނޫންތޯ އަލި އަޅުވާލުމަށް ހަމަޖެހިފައިވާ ކަަމަށް އައިޔޫއެމްއިން ބުންޏެވެ.
އެ ތަގުރީރު ދެއްވާ އެންތަނީ އިސްލާމްދީނަށް ވަދެވަޑައިގެންނެވީ 1990 ވަނަ އަހަރުއެވެ. އޭނާ ވަނީ ގާނޫނީ ދާއިރާގައި 10 އަހަރު ހޭދަކުރައްވައިފައެވެ. އޭގެ ފަހުން 1994 ވަނަ އަހަރު ލަންޑަންގެ ބްރިކްސްޓަން މިސްކިތުގެ ޗެއާމަނަކަށް އައްޔަނުކުރިފަހުން އޭނާ މަސައްކަތް ކުރައްވަމުން ދަނީ ކޮމިއުނިޓީ ލީޑާޝިޕާއި އަދި އެޑިއުކޭޝަން މެނޭޖްމަންޓާ ގުޅޭގޮތުންނެވެ.