އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އަދި ފަރުނީޗަރު ވިއްކަމުންދާ ކުންފުނި ރެއިންބޯއިން އޮންލައިންކޮށް ކުރާ ވިޔަފާރިތަކުން 50 ޕަސެންޓް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށް ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ އޮންލައިންކޮށް ގަންނަ މުދާ މާލެ އަދި ހުޅުމާލޭގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދޭނެ ކަމަށެެވެ. އަދި އޮންލައިންކޮށް ގަންނަ ފަރުނީޗަރުތައް ހިލޭ ރާވާދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރެއިންބޯ އޮންލައިންކޮށް ވިއްކަމުންދާ ފަރުނީޗަރުތަކުގެ ތެރޭގައި ސޯފާއާއި، އެނދާއި، ބަދިގެއަށް ބޭނުންވާ ސަމާނު ހިމެނެއެވެ.

ރެއިންބޯ އެންޓަޕްރައިޒާސްއަކީ 1990 އިން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުންދާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން މިހާރުވެސް ފަސް ސަބްސިޑަރީ ކުންފުނި ދަނީ ހިންގަމުންނެވެ.

އޭގެ ތެރޭގައި ރެއިންބޯ އެލުމިނިއަމްއާއި މޯލްޑިވްސް ސްޓަރަކްޗަރަލް ޕްރޮޑަކްޓްސްއާއި ރެއިންބޯ ކޮންސްޓްރަކްޝަންގެ އިތުރުން އިންޓެކް ސިސްޓަމްއާއި ރެއިންލޭންޑް ޑިވެލޮޕާސް ހިމެނެއެވެ.