02 Aug 2019, 15:13
ގދ، ތިނަދޫއަށް އުދަ އަރަމުން އެބަދެއެވެ.
ތިނަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހްމަދު ނާޝިދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުދަ އަރަން ފެށީ މިއަދު ހުކުރުން ފޭބިތަނާހެން އުދައެރުމުގެ އަސަރު ފެންނަން ފަށައިފައިވާ ކަމަށެވެ.
" ހުރިހާ ދިމާލަަކުން މިހާރު އުދައަރަމުން ދަނީ. އަސްލު ބާނި ވަރަށް ބޮޑު. ދެން މޫދުގައި އެބަހުރި ވަރަށް ބައިވަރު ލޯންޗްތައްވެސް އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ ލޯންޗްތައް ފައްތިޔަ ހަރުކުރަންވެގެން" ޒިންމާދާރުވެރިޔާ ވިދާޅުވިއެވެ.

ގދ. ތިނަދޫއަށް އުދައަރާފައި---
އޭނާ ވިދާޅުވީ އުދަ އަރަމުންދާތީ އެކަން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި އަދި ފުލުހުންގެ ސަމާލުކަމަށްވެސް މިހާރު އެކަން ގެނެސްފައިވާ ކަމަށެވެ.
"މިހާރު އެންމެ ކަންބޮޑުވަނީ އުދައަރައިގެން އައިސް ރަށުގެ ޕާކު ސަރަހައްދުގައި ހުރި ފިތުރޯނު ގަސްތަކާ ހިމާއަށް ގޮސްދާނެތީ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ދަނީ ފެންނަމުންނެވެ.