01 Nov 2011, 16:33
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އިން 9000 އަށް ވުރެ ގިނަ މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕީޕީއެމް އިން މިއަދު އެ ކޮމިޝަނަށް ހުށަހެޅީ 9400 ފޯމު ކަމަށެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ރަޖިސްޓްރީވި އެ ޕާޓީގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އިލެކްޝަންސް އަށް މިއަދު ހުށަހެޅި ފޯމުތަކާ އެކު 55 ދުވަހުގެ ތެރޭގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 13000 އަރާފައިވާ ކަމަށެވެ.
"އަނެއްކާ ވެސް މި ޕާޓީން މިވަނީ ރެކޯޑެއް މުގުރާލާފައި،" މަހުލޫފް ވިދާޅުވި އެވެ.
ޕީޕީއެމް ރަޖިސްޓްރީ ކުރުމަށް ހުށަހެޅީ 3600 ފޯމުކަމުގައި ވިޔަސް އިލެކްޝަންސް އިން އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނީ 3200 މެންބަރުންނާ އެކު އެވެ.
އެ ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބީޗްގައި ކަމަށް އެ ޕާޓީން ބުންޏެވެ.