01 Aug 2019, 17:05
ފާއިތުވި 14 އަހަރު ތެރޭ އުރީދޫ މޯލްޑިވްސްއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާއިރު އެ ކުންފުނިން ހުއްޓުމެއްނެތި ދެންވެސް ދާނީ ކުރިއަށްކަމަށް އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވެއްޖެއެވެ.
އުރީދޫގެ 14 ވަނަ އަހަރީއާއި ގުޅުވައިގެން އެކުންފުނީގެ ސީއީއޯ ދެއްވި މެސެޖުގައި ވިދާޅުވީ ފާއިތުވި 14 އަހަރަކީ އުރީދޫ މޯލްޑިވްސް އަށް ބޮޑެތި ކުރިއެރުންތައް އައި އަހަރުތަކެއް ކަމަށެވެ. މި ކާމިޔާބީ އެ ކުންފުންޏަށް ހޯދުނީ އެތައް ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކަމަށްވެސް ނަޖީބު ހާން ވިދާޅުވިއެވެ.
"މިއަދު އުރީދޫ މޯލްޑިވްސްއަށް ލިބިފައިވާ ކާމިޔާބީއަކީ އަޅުގަނޑުމެންގެ ޕާޓްނަރުންނާއި ކުންފުނީގެ މުވައްޒަފުންގެ އެއްބާރުލުމާއެކު. މި ހުރިހާ ފަރާތްތަކަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން،"
ފާއިތުވި 14 އަހަރު ތެރޭ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ލިބުނު ކުރިއެރުމުގައި އުރީދޫގެ ހިއްސާއެއް އޮތުމަކީވެސް ފަހުރުވެރިވާ ކަމެއް ކަމަށް ނަޖީބު ހާން ވިދާޅުވިއެވެ.
"2ޖީއިިން ފެށިގެން 3ޖީއަށް، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅުނު ފުރަތަމަ ސަބްމެރިން ކޭބަލް، މުޅި ގައުމު ނެޓްވޯކަކުން ގުޅާލުމުގައި އުރީދޫގެ ދަތުރު އޮތުމަކީ ލިބޭ ފަހުރެއް. 100 ޕަސެންޓް 4ޖީ ޕްލަސް ނެޓްވޯކަކާއެކު އުރީދޫއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް މޯބައިލްގެ ހިދުމަތް ދޭ ކުންފުންޏެއް،" ނަޖީބް ވިދާޅުވިއެވެ.
"މި ހިސާބުން އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. މުޅި ދުނިޔެ ޑިޖިޓަލައިޒް ވަމުންދާއިރު ދުނިޔެއާއި ރާއްޖެ ގުޅައިލުމުގައި އުރީދޫގެ ހިއްސާ އޮންނާނެ،" އުރީދޫގެ މަގޭ ޕްލޭންއާއި މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް އަދި އުރީދޫގެ ޗެޓް ބޮޓްތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބިފައިވާކަމަށް އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
"މި ދަތުރު އަދިވެސް އޮތީ ކުރިއަށް. އުރީދޫ މޯލްޑިވްސްއިން ދިވެހިންނަށް ގެނެސްދޭނީ ދުނިޔެގެ އެއްވަނަ ހިދުމަތްތައް. ދުނިޔެއަށް އަލަށް ތައާރަފުވާ ޓެލެކޮމް ހިދުމަތްތައް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފު ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތް ކުރިއަށް ދާނެ،"
ނަޖީބް ހާން ވިދާޅުވީ މިއަހަރުވެސް އުރީދޫ އިން މަސައްކަތްކުރާނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް މިހާރަށްވުރެ އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ.