ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ހަތަރު ވަނަ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖީއެމްއާރުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މިމެޗް ޖީއެމްއާރުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަޖިލިސް ޓީމާ ބައްދަލުކޮށް 14 ޕޮއިންޓް 18 ޕޮއިންޓުންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޖީއެމްއާރުގެ ގޯލްއެޓޭކާ ފަޒީލާ އައްބާސްއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަތައް ހާސިލް ކުރި ޓީމްތަކާއި އަދި އެޓީމް ތަކުން ވަނަތައް ހާސިލް ކުރި ކުޅުންތެރިން ވަނީ ހޮވައިފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، އައިމިނަތު ލީލާ(ބީއެމްއެލް) ފާތުމަތު ފައިރޫޒާ (ދިރާގް) ފަޒީލާ އައްބާސް (ޖީއެމްއާރު) އަޒީނާ އަބްދުލްމަތީން (ޖީއެމްއާރު) ނައިޝާން އާދަމް (ޖީއެމްއާރު) ފާތުމަތު ނަދާ (މަޖިލިސް) އަދި ޒުލޭހާ ހަބީބް (މަޖިލިސް) އެވެ.
މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނީ މަޖިލީސް ޓީމެވެ.