01 Aug 2019, 18:11
ގދ. ތިނަދޫގެ އައިސް ޕްލާންޓްގެ ޖެޓީ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ.
އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ އެ މަޝްރޫއުގެ ދަށުން 130 މީޓަރަށް ޝީޓް ޕައިލްކޮށް ކީ ވޯލްޖަހައި 10 މީޓަރުގެ ރިވެޓް މަންޓްޖެހުމުގެ އިތުރުން 620 އަކަ މީޓަރުގެ ޕޭމަންޓްއެްް ހަދައ އަދި ބަނދަރު ސަރަހައްދުގައި 9 ލައިޓް ޖެހުމަށް ހަމޖެހިފައިވާ ކަމަށެވެ.
https://twitter.com/PlanningMV/status/1156628641163313152
އެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުން ނިންމާގޮތަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 17.3 މިލިއަން ރުފިޔާއަށެވެ.