ސާކް ގައުމުތަކުގެމެދުގައި މިއަދު ފެށި "ސާކް ޓްވެންޓީ ޓްވެންޓީ ކަޕް 2011" ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު ރާއްޖެ ކާމިޔާބު ކޮށްފި އެވެ.

މިމެޗް ރާއްޖެ ކާމިޔާބު ކުރީ ފުވައްމުލަކުގެ "އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް" ގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅެއެވެ.

މި މެޗުގައި ފުރަތަމަ ބެޓް ކުރަން ނުކުތީ ބޫޓާންގެ ޓީމެވެ. ބޫޓާން ޓީމް ކުޅެން ނުކުމެ 19.3 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެނދުނީ 107 ލަނޑެވެ. ބޫޓާން ޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 45 ލަނޑު ހެދި ތިންލޭ ޖަމްޝޯ އެވެ. މި އިނިންގްސްގައި އުކާފައިވަނީ ހަތަރު އޯވަރު 20 ލަނޑަށް ހަތަރު ވިކެޓް ނެގި ދިވެހި ޓީމުގެ އަޙުމަދު އުމަރު ޖަމާލެވެ.

ޖަވާބުގައި ރާއްޖޭގެ ކުޅުންތެރިން ކުޅެން ނުކުމެއް 16.1 އޯވަރުގެ ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 109 ލަނޑު ދިނުމަށްފަހު މޮޅުވެގެން ފޭބީއެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ސްކޯ ކޮށްފައިވަނީ 49 ލަނޑު ހެދި މުއާވިއަތު އަލީ އެވެ. މި އިނިންގްސްގައި ބޫޓާން ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 17 ލަނޑަށް އެއް ވިކެޓް ނެގި ނިމާ ގުރުންގް އެވެ.