31 Jul 2019, 16:45
މާލޭ ފަރީދީ މަގުގައި ތެޔޮ ލީކްވެެގެން އުޅޭތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު މެެންދުރު ކުރި ޓުވީޓެއްގައި ވަނީީ ފަރީދީ މަގުގެ ލެމަން ގްރާސް ކައިރިން ތެޔޮ ލީކްވެގެން އުޅޭތީ އެ ސަރަހައްދުގައި އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
"މިވަގުތު އެންމެ ރަނގަޅީ އެ ސަރަހައްދުން ދަތުރުނުކުރުން،" ފުލުހުންގެ ޓުވީޓުގައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 11:30 އެހައިކަންހާއިރު ކަމަށެވެ. ތެޔޮ ލީކްވާން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ތެޔޮ ފަދަ ބާވަތްތަކަކީ އާންމުކޮށް ވަރަށް ބޮޑަށް ރައްކާތެރިވެގެން ގެންގުޅެން ޖެހޭ ތަކެއްޗެވެ. އެހެން ނޫންނަމަ އެފަދަ ތަންތަނުގައި އަލިފާނުގެ ހާދިސާތައްވެސް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.