31 Jul 2019, 14:55
ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން މިނިވަން ދުވަހުގެ މުނާސަބާ އާއި ގުޅިގެން "ލިކަމެކް ނައިޓް މާކެޓް"ގެ ނަމުގައި ކުރިޔަށްދާ ނައިޓް މާކެޓްގެ އެންމެ ފަހު ރޭއަކީ މާދަމާ ރޭގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ބޮޑުތަކުރުފާނު މަގު ރަސްފަންނު ސަރަހައްދުގައި އެ ނައިޓް މާކެޓްއަކީ ހަތް ދުވަހުގެ ނިޔަލަަށް ކުރިއަށް ގެންދާ ނައިޓް މާކެޓްއެކެވެ.
ލިކެމެކްގެ އޮފިޝަލެއް "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ނައިޓް މާކެޓްއަށް އެންމެ ފަހުން ބޭއްވި ނައިޓް މާކެޓްއަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
"މިފަހަރު 90 ސްޓޯލް ދޫކުރިން. ވަރަށް ތަރުހީބު ބޮޑު. އަބަދުވެސް ފުލްކޮށް އޮންނަނީ" އޮފިޝަލް ވިދާޅުވިއެވެ.
މިއީ ބޮޑު އީދާއި ދިމާކޮށް ވިޔަފާރިކޮށްލަން ދިވެހި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް ފުރުސަތެވެ. އެހެންކަމުން، މިނައިޓް މާކެޓް އަކީ މާލޭގައި ބޭއްވޭ އެންމެ އަގު ހެޔޮ ނައިޓް މާކެޓް ކަމުގައި މުދާ ބައްލަވައި ގަންނަ ގިނަ ފަރާތްތަކުން އެއްބަސްވެއެވެ.
ލިކަމެކް ނައިޓް މާކެޓް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.
ލިކަމެކް ނައިޓް މާކެޓްގައި ކެންޓީނެއްގެ އިތުރުން އެކި ފުޑް ސްޓޯލްތައް ވެސް ހިމެނިގެންދާނެއެވެ.