މި މަހުގެ 10 ވަނަ ދުވަހަކީ ކަލަންޑަރުގައި ވެސް ބަންދު ދުވަހެއް ނޫން ކަމަށާއި އެ ދުވަހު ސަރުކާރު ބަންދު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ނޮވެންބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިނުވާ ކަމަށެވެ.

ނަމަވެސް ނޮވެމްބަރު މަހުގެ 13 ވަނަ ދުވަސް ބަންދު ދުވަހެކެވެ. އެގޮތަށް ހަމަޖެއްސެވީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ދިމާވަނީ ހުކުރު ދުވަހަކާ ކަމަށްވާތީ ގައުމީ ދުވަސް ނުވަތަ ޖުމްހޫރީ ދުވަސް، ހުކުރު ދުވަހަކާ ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ، ވިދިގެން އަންނަ އާދީއްތަ ދުވަސް ބަންދު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 25 މެއި 2000 ގައި ނެރެފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީ އެވެ.