01 Nov 2011, 12:00
ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗް ކާމިޔާބުކޮށް ޓީރެކްސް ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މިމެޗް ޓީރެކްސްއިން ކާމިޔާބު ކުރީ ހަރިކޭން ބީސީއާ ބައްދަލުކޮށް 59 ޕޮއިންޓް 77 ޕޮއިންޓުންނެވެ.
މެޗުގައި ހަރިކޭން ބީސީއަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބު ކޮށްދިނީ އަހުމަދު އިމްރާނެވެ. އޭނާ ވަނީ ބަޔަށް 16 ޕޮއިންޓް ހޯދައިދީފަ އެވެ. އަދި ޓީރެކްސްއަށް އަށް އެންމެ ގިނަ ޕޮއިންޓް ހޯދަދިނީ 18 ޕޮއިންޓް ކާމިޔާބު ކޮށްދިން ޒަކަރިއްޔާ އަބްދުލް ސައްތާރެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީރެކްސް އަށް ހަތް ޕޮއިންޓް ކާމިޔާބު ކޮށްދިން މުހައްމަދު މުހުސިނެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ 8:30 ގައި ޓީރެކްސްއާ ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން މޮޅުވެ، ފައިނަލަށް ދަތުރު ކުރި ރެޑްލައިން ކުލަބެވެ.