30 Jul 2019, 21:24
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާ ގުޅިގެން މޮބައިލް ލީގަލް އެއިޑް ކްލިނިކެއް އައްޑޫ ސިޓީގައި އަންނަ ހުކުރު ދުވަހު ފަށާ ގޮތަށް ނިންމައިފިއެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 14 ގާނޫނީ ވަކީލުންނާއި މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ވަކީލަކު އެ ޕްރޮގްރާމްގައި ބައިވެރިވާނެއެވެ.
މިއީ އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކޮށްދިނުމަށާއި މުޖްތަމައުގައި ހަވާސާގައި ތިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އާންމު ރައްޔިތުން ގާނޫނީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކްލިނިކެކެވެ.
އެ ޕްރޮގްރާމްގައި ހިންގުމަށް ހަމެޖެހިފައިވާ ބައެއް ހަރަކާތްތައް
- ކަނޑައެޅޭ ދާއިރާތަކަކުން އާންމު ރައްޔިތުން ގާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ގާނޫނީ ވަކީލުން ސެޝަންތައް ހިންގުން
- ގާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ގާނޫނީ ވަކީލުން ގާނޫނީ ލަފާ ދިނުން
- އާންމު ރައްޔިތުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތުކުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ގާނޫނީ ވަކީލުންގެ ފަރާތްތަކުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން