ކޮލިޓީ އެއްޗެއް ވެއްޖިއްޔާ އޭގެ އަގުވެސް ހަމަ އެހާމެ ބޮޑު ވާނެ އެވެ. މިއީ އެންމެންގެވެސް ޝަކުވާއެކެވެ. އެއީ އަދި ގޯތިގެދޮރާއި، ފޯނާއި ލެޕްޓޮޕާއި ކަމުގައިވިޔަސް، ނުވަތަ އަތްދަބަހަކާއި ލިޕްސްޓިކެއް ނަމަވެސް ހަމަ ހާލެވެ. މިގޮތުން ދުނިޔޭގައި މިހާރު ހުރި އެންމެ އަގުބޮޑު ލިޕްސްޓިކަކީ އެޗް ކުޓުއާ ބިއުޓީގެ ޑައިމަންޑް މަސްކަރާ އެންޑް ލިޕްސްޓިކް އެވެ.

ލިޕްސްޓިކްއަކާއި މަސްކަރާ ހިމެނޭ މި ޑުއޯގެ އަގަކީ 14 މިލިއަން ޔޫއެސް ޑޮލަރެވެ.

މި ލިޕްސްޓިކް އުފެއްދި ކުންފުންޏަކީ 2006 ވަނަ އަހަރު، ޓާޝާ ސްމީތް ވެލޭޒް އުފެއްދި ކުންފުންޏެކެވެ. މި އަގުބޮޑު ލިޕްސްތިކް އުފެއްދުމުގެ ކުރިން މި ކުންފުނިން އައީ 1000 ސްވޮރޯސްކީ ކްރިސްޓަލް ޖަހާފައިވާ މަސްކަރާތަކެއް ވިއްކަމުންނެވެ. މި މަސްކަރާގެ މަތީގައި ހިމެނެނީ 18 ކެރެޓް ރަނެވެ. މި މަސްކަރާގެ އަގަކީ 600 ޑޮލަރެވެ. އަދި ލިޕްސްޓިކެއް އޭރު ވިއްކަމުން އައީ 150 ޑޮލަރަށެވެ.

ނަމަވެސް އެމެރިކާގެ ލަސް ވެގަސްގެ އަންހަނަކު މި ބްރޭންޑަށް ޝައުގުވެރިވެ، ކަސްޓަމައިޒް އޯޑަރެއް ކުރިއެވެ. އޭނާއަށް ހާއްސަކޮށް ހެދި މި ސެޓްގައި ހުންނަނީ ސްވޮރޯސްކީ ކްރިސްޓަލްގެ ބަދަލުގައި 2500 ބްލޫ ޑައިމަންޑްއާއި 1200 ޕިންކް ޑައިމަންޑްއެވެ.

މި ސެޓްގެ އަގަކަށްވީ 14 މިލިއަން ޑޮލަރެވެ. އަދި މި އަގަކީ އުމުރުދުވަހަށް ސާރވިސް ދިނުމާއި ރީފިލްކުރުމާއު ޑިސްކައުންޓްތަކާއި، ގިފްޓް ރެޕްކުރުމާއި 24 ގަޑިއިރުގެ ފޯން ސަޕޯޓް އެވެ.

މި އޯޑަރަށްފަހު މި ބްރޭންޑްގެ މާ ބޮޑު އިތުރު ވާހަކަތަކެއް އިވިފައި ނުވެ އެވެ.