މުސާރަ އާއި އިނާޔާތް ނުލިބޭ ގޮތަށް އައްޝައިޚް އިލްޔާސް ހުސައިނަށް މެލޭޝިއާގައި ހުންނަ އެމްބަސީން ރަމްޒީ މަގާމެއް ހަމަޖައްސައިފި އެވެ.

އިލްޔާސް ހަމަޖައްސައިފައި ވަނީ އެމްބަސީގެ ކައުންސެލާ ޓު ދަ އެމްބެސެޑަރުގެ މަގާމަށެވެ. މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކީ ވިސާމް އަލީ އެވެ.

އަދާލަތު ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އިލްޔާސް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އާއިލާ އާއެކު މެލޭޝިއާގައެވެ.

އިލްޔާސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.